`
ނޫސް ބަޔާން
އަޅުގަނޑުމެން ރީބްރޯޑްކާސްޓް ކުރާ މި ދަންނަވާ ޗެނަލްތައް 23 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން ރީބްރޯޑްކާސްޓު ކުރުން ހުއްޓާލެވިގެން ދާނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ޗެނަލް ވީ އިންޓަރނޭޝަނަލް
ނެޓް ޖީއޯ ޕީޕަލް
ފޮކްސް ކްރައިމް
ފޮކްސް
މި ބަދަލާ ގުޅިގެން އަޅުގަނޑުމެން ރީބްރޯޑްކާސްޓުކުރާ ކޮންޓެންޓު ތަށް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ތި ލޮބުވެތި ކަސްޓަމަރުންނަށް އެންމެ ޒަމާނީ އަދި އެންމެ މަޤުބޫލު ކޮންޓެންޓު ހޯދުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް މިދަނީ ކުރަމުންނެވެ.
އަޅުގަނޑުމެންގެ ޢަމާޒަކީ، މީޑިއާނެޓްގެ އިތުރު ޕްލެޓްފޯރމް ތަކުން އެންމެ މަޤްބޫލް ޗެނަލްތަކާއި ޝަޢުޤުވެރި ކޮންޓެންޓު ތަށް ތި ލޮބުވެތި ކަސްޓަމަރުންނަށް ތަޖުރިބާ ކޮށްލެވޭނެ ފަސޭހަ ގޮތްތަށް އީޖާދު ކޮށް އަޅުގަނޑުމެން މިހާރު ދެމުން ގެންދާ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމެވެ.
މި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިޙާޔަތަށް މަޢާފަށް އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އަޅުގަނޑުމެންގެ ކަސްޓަމަރ ސާރވިސް ގެ ނަންބަރ 3320800 އަށް ގުޅުއްވުން އެދެމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ނަމަ (ފޭސްބުކް، ޓުވިޓާރ ނުވަތަ އިންސްޓަރގްރާމް) އަށް މެސްޖް ކޮށްދެއްވުން އެދެމެވެ.
ޝުކުރިއްޔާ