އެމް އެސް ލައިޓް
published : Wednesday, 19 Jan 2022
އެމް އެސް ލައިޓް
އަޅުގަނޑުމެން މިި ފަހަރު 'އެމް އެސް ލައިޓް' ނަމުގައި ތަޢާރަފްކުރި އެޕްލިކޭޝަން އަކީ ސްމާޓް ޓީވީ ތަަކަށް ޚާއްސަކޮށްގެން ތަޢާރަފް ކުރި މުޅިން އައު ޚިދުމަތެކެވެ.
އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤުބޫލު ޗެނަލްތަށް ހިމަނައިގެން އެކުލަވާލާފައިވާ މި ޚިދުމަތުގައި 70 އަށް ވުރެ ގިނަ ޗެނަލްތަށް ކުރިއަށްވުރެ ހެޔޮ އަގުގައި މިހާރު ތަޖުރިބާކޮށްލެވިގެން ދާނެއެވެ. މި ޚިދުމަތުގައި ކަސްޓަމަރުންނަށް އެންމެ ކަމުދާނެ ކަހަލަ ޗެނަލްތަށް ހުންނާނީ ބޭސިކް ޕެކޭޖް އާއި އެއްކޮން ނެގޭނެ ގޮތަށެވެ. އެގޮތުން ޖުމްލަ 3 އެޑޯން އެއް ވާނީ މި ޚިދުމަތުގައި އަޅުގަނޑުމެން ހިމަނާފައެވެ.
މި ޚިދުމަތުގައި ވެސް ލޯކަލް ޕެކޭޖެއް ވާނީ ހިމަނާފައެވެ. އެގޮތުން ރާއްޖޭގެ މަޤުބޫލު ޗެނަލްތަށް ކަމަށްވާ އައިސް ޓީވީ، ޓީވީއެމް، ރާއްޖެ ޓީވީ، ޗެނަލް 13 ގެ އިތުރުން ސަންގު ޓީވީއާއި އަދިވެސް އެހެނިހެން ދިވެހި ޗެނަލްތަށް ހިމެނިފައިވާނެއެވެ.
'އެމް އެސް ލައިޓް_ބޭސިކް' ޕެކޭޖްގައި ހިމެނިފައިވާ ޗެނަލްތަކަކީ ލޯކަލް ޕެކޭޖުގައި ހިމެނިފައިވާ ޗެނަލްތަކުގެ އިތުރުން ބެލުންތެރިންގެ މެދުގައި ވަރަށްވެސް މަޤުބޫލު އައިސް ސްޕޯޓްސް، ސި.އެން.އެން، ބީ.ބީ.ސީ، ކާޓޫން ނެޓުވޯކް، ކޭ.ބީ.އެސް ވޯލްޑް، ސްޓާ ޕުލަސް އަދި ޒީ ޓީވީ ގެ އިތުރުން އަދިވެސް މުހިންމު ބައިވަރު ޗެނަލްތަކެވެ.
ކުޅިވަރަށް ލޯބިކުރައްވާ ފަރާތްތަކަށް ''އެމް އެސް ލައިޓް_ސްޕޯޓްސް' އެޑޯން މެދުވެރިކޮށް ދުނިޔޭގެ އެންމެ މަޤުބޫލު ކުޅިވަރު ލީގުތަށް ބަލާލެވިގެންދާނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ޗެނަލްތަކުގެ ގޮތުގައި ސްޓާ ސްޕޯޓްސް ޕުރިމިއަރ ލީގް ޓީވީ، ސޮނީ ޓެން2 އެޗް.ޑީ، ސްޓާ ސްޕޯޓްސް2 އެޗް.ޑީ ގެ އިތުރުން ސްޓާ ސްޕޯޓްސް ސެލެކްޓް2 އެޗް.ޑީ މި ޕެކޭޖުގައި ހިމެނިފައިވާނެއެވެ.
ހިޓްސް، ޕެރަމައުންޓު، ސޮނީ އެންޓަޓެއިންމެންޓް، އޭ.އެކެސް.އެން އަދި ސިނަމާ ވޯލްޑް ފަދަ ޗެނަލްތަކަކީ މުޅި ދުނިޔޭގައިވެސް މަޤުބޫލުކަން ހޯދައިފައިވާ ޗެނަލްތަކެކެވެ. އެގޮތުން 'އެމް އެސް ލައިޓް_އެންޓަޓެއިންމަންޓް' އެޑޯން އިން މުނިފޫހިފިލުވާލަދޭނެކަން ހަމަ ޤައިމެވެ.
އާއިލާއާއެކު ޓީވީ ހިއްސާކުރާ ވަގުތުތަކުގައި ބަލާލަން އެކަށޭނަ ޕުރޮގްރާމްތަށް ދައްކާ ޗެނަލްތަށް ކަމުގައިވާ އެޗް.ޖީ.ޓީވީ، ޒީ ކެފޭ، ނިކަލޯޑިއަން، ސްޓާޕްލަސް އެޗްޑީ އަދި ޓީވީއެން ފަދަ ޗެނަލްތަކުން އާއިލާއާއި އެކު ހޭދަކުރާ ވަގުތުތަކަށް އިތުރު ފުރިހަމަކަމެއް ގެނެވިގެންދާނެއެވެ. މި ޗެނަލްތަށް ހިމެނފައިވާނީ 'އެމް އެސް ލައިޓް_ހޯމް' އެޑޯންގައެވެ.
މިޚިދުމަތުގައި އަޅުގަނޑުމެން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ މި ޚިދުމަތް ފަރުމާ ކުރެވިފައިވަނީ މުހިންމު ފީޗާސްތަކެއް ހިމަނައިގެން ވަރަށްވެސް ޒަމާނީ ގޮޮތަކަށެވެ. އެގޮތުން މީގެ ކުރިން އަޅުގަނޑުމެން ތަޢާރަފްކުރި 'މީޑިއާނެޓް އެމް އެސް އެޕް' މެދުވެރިކޮން ތަޖުރިބާ ކުރި ފީޗާސްތަށް މިހާރު ސްމާޓް ޓީވީ ތަކުން ބޭނުންކުރެވިގެންދާނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ފީޗާސްތަކުގެ ތެރޭގައި ވަގުތުން ބަލަމުންދާ ޕުރޮގްރާމްތަށް ޕޯސްކޮށް ފަހަތަށް އޮޅާލައިގެން ބަލާލުމާއި، ފާއިތުވި 4 ދުވަހުގެ ޕުރޮގްރާމްތަށްވެސް ބަލާލެވޭ ކަމެވެ.
ފިލްމުތަކާއި ޑްރާމާ ސީރިޒް ނުވަތަ އެކި ކަހަލަ ވީޑިއޯ އޮން ޑިމާންޑަށް ލޯބިކުރައްވާ ފަރާތްތަކަށް 'އެމް އެސް ވީއޯޑީ' އެޑޯން ޚިޔާރުކުރައްވައިގެން މީޑިއާނެޓުގެ އަމިއްލަ އުފެއްދުންކަމުގައިވާ މަރްޔަމް، ނަފްސު، ރޫމީ އާ ޖަންނަތު، ލަމްސް ކިޗެން، ވީކެންޑް ވިތް ވަސީމް، ގާލްފުރެންޑްސްގެ އިތުރުން ބައިވަރު ބޭރުގެ ފިލްމުތަކާއި ސީރީސްތަށްވެސް ފެނިގެންދާނެއެވެ.
މި ޚިދުމަތުގެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މި ޚިދުމަތް ގުޅާލުމަށް ޑީކޯޑަރެއް ބޭނުންނުވާ ކަމެވެ. އެންޑްރޮއިޑް، އެލް ޖީ، ސެމްސަންގް އިތުރުން މި ޚިދުމަތް މިހާރު ގޫގުލް ކުރޯމްކާސްޓް ޑިވައިސްތަކުގައިވެސް ބޭނުންކުރެވިގެންދާނެއެވެ. ހައިސެންސް ސްމާޓް ޓީވީ ގެންގުޅުއްވާ ބޭފުޅުން މާޔޫސް ނުވާށެވެ، ވަރަށް އަވަހަށް މި ޚިދުމަތް އެ ޓީވީތަކަަށްވެސް ތަޢާރަފް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި ޚިދުމަތަށް ރަޖިސްޓަރ ވުމަށް ތިބޭފުޅުންގެ ޓީވީތަކަށް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ކިއު އާރު ކޯޑު ސްކޭން ކުރުމުން ރަޖިސްޓަރ ޕޯޓަލް އަށް ވަދެވޭނެއެވެ. ރަޖިސްޓަރ ކުރެއްވުމުން އަޅުގަނޑުމެންގެ ޓީމުން ކަނެކްޝަން ގުޅައިދިނުމުގެ ކަންތަށްތަށް ކުރިއަށްގެންދާނެއެވެ.