އިޓަލީގެ އެންމެ ބޮޑު ފުޓްބޯޅަ ލީގް ކަމަށްވާ "ސެރިއާ" މިހާރު މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުން ބަލާލެވޭނެއެވެ.
އަށާރަސަތޭކަ ނުވަދިހަ އަށްވަނަ ވަނަ އަހަރު "ސެރިއާ" މުބާރާތުގެ އެންމެ މެޗެއް ކުޅުމަށްފަހު ޖިނޯއާ ކްރިކެޓް އެންޑް އެތްލެޓިކް ކްލަބް އިޓާލިއަން ނޭޝަނަލް ޗެމްޕިއަންކަން ކާމިޔާބު ކުރިއެވެ. އަދި 1929 އިން ފެށިގެން މި ލީގުގެ ތަށި 36 ފަހަރު ހުވެންޓަސް ވަނީ ކާމިޔާބް ކޮއްފައެވެ.
މި ލީގުގެ އޯލް ޓައިމް ލީޑިންގް ގޯލްތައް ޖަހާފައިވަނީ ސިލްވިއޯ ޕިއޯލާއެވެ. އެދޮތުން 1929 އިން 1952އާއި ދެމެދު ސިލްވިއޯ ސެރިއާ ލީގުގަ 274 ގޯލް ޖަހާފައިވެއެވެ. މިއަދަދާ ގާތްކޮށް ދެން އެންމެ ގިނަ ގޯލް ޖަހާފައިވަނީ ފްރެންޗެސްކޯ ޓޮޓީއެވެ. އޭނާ ވަނީ 1992 އަހަރާއި 2017 އަހަރާ ދެމެދު 250 ގޯލް ޖަހާފައެވެ.
ދުނިޔޭގަ އެންމެ މަޝްހޫރު ކްލަބްތަގެ ތެރޭ ހިމެނޭ ހުވެންޓަސް, އޭސީ މިލާން އަދި އިންޓަ މިލާންއަކީ ސެރިއާ ލީގްގަ ފޯރިއާއެކު ވާދަކުރަމުންދާ ކްލަބް ތަކެކެވެ. މީ ދިވެހިންގެ މެދުގަ މަގްބޫލުކަން ހޯދާފައިވާ ކްލަބް ތަކެކެވެ.
ސެރިއާއަކީ މިހާރު ދުނިޔޭގެ އެންމެ ގަދަ ލީގް ތަކުގެ ތެރެއިން ތިންވަނަ ލީގެވެ. އެހެންކަމުން, ސެރިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖުން ޖާގަ ކަށަވަރުވެގެންދެއެވެ.
މިއަހަރުގެ ސެރިއާ ލީގްގަ 20 ކްލަބް ތަށި ހޯދުމައް ވާދަކުރެއެވެ.
މީޑިއާނެޓުގެ އައިސް ޓީވީ (ޗެނަލް 100)، އައިސް ސްޕޯޓްސް (ޗެނަލް 102) އަދި އައިސް ޕްލަސް (ޗެނަލް 888) އިން ސެރިއާގެ މި ފޯރިގަދަ މެޗުތައް ފެންނާނެކަމަށް މީޑިއަ ނެޓުން ބުނެއެވެ.
މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލާ ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެއިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްކްރައިބްކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު އެ މެޗުތައް ބަލައިލެވޭނެއެވެ.
https://my.medianet.mv/voucher :މީޑިއާނެޓްެގެ ވައުޗާރ އެއް ގަނެލުމަށް