LOADING....!!!!!

It's Derby Day!

published : Sunday, 18 Sep 2022

ސްޕެއިންގެ ސިޓީއެއް ކަމުގައިވާ މެޑްރިޑްގެ ދެ ކުލަބު ކަމުގައިވާ ރިއާލް މެޑްރިޑް އަދި އެޓްލެޓިކޯ މެޑްރިޑް، މި ސީޒަންގައި ފުރަތަމަ ފަހަރަށް 19 ސެޕްޓެމްބަރުގައި ބައްދަލުކުރާނެއެވެ. މި މެޗު މީޑިއާނެޓުގެ އައިސް ނެޓްވޯރކް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެއެވެ.

 އެއް ސިޓީ އަކަށް ނިސްބަތްވާ މި ދެ ޓީމުގެ ކުރިމަތިލުން ފުޓުބޯޅައިގެ ދުނިޔޭގައި މަޝްހޫރުވެފައިވަނީ މެޑްރިޑް ޑާރބީ ގެ ނަމުންނެވެ. ހުނަރުވެރި ކުޅުންތެރިންގެ ހަރަކާތްތަކާއި ފޯރިގަދަ ކުޅުމެއް ޔަގީނުންވެސް ފެނިގެންދާނެ މި މެޗަކީ ކޮންމެ އަހަރަކުވެސް އެތައް ބަޔެއްގެ ލޯތައް ހުއިޓިގެންދާ ކުރިމަތިލުމެކެވެ.

ފާއިތުވި ކުރިމަތިލުންތައް

މި ދެ ޓީމުގެ އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދިޔައީ 2014 އަދި 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައެވެ. 2014 ވަނަ އަހަރުގެ ފައިނަލުގެ 93 ވަނަ މިނެޓުގައި އެއިރު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާރޖިއޯ ރާމޮސް ޖެހި ގޯލުން ދެ ޓީމު އެއްވަރުވެ، އިތުރު ވަގުތުގައި ރިއާލް މެޑްރިޑުން ވަނީ އިތުރު 3 ގޯލު ޖަހާ 4-1 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްފައެވެ. 2016 ވަނަ އަހަރުގެ ފައިނަލުގައި 90 މިނެޓުގެ ކުޅުން ނިމުނު އިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތު ކުޅެވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީގައި ރިއާލް މެޑްރިޑުން ވަނީ އެޓްލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދާފައެވެ. 2018 ވަނަ އަހަރުގެ ސުޕަރ ކަޕުގައި ވެސް ވާދަ ކޮށްފައިވަނީ މި ދެ ކުލަބެވެ. އެ މެޗު ކާމިޔާބު ކުރީ އެޓްލެޓިކޯ މެޑްރިޑުންނެވެ.

މި ދެ ކުރިމަތިލުންވެސް ރިއާލް މެޑްރިޑުން ކާމިޔާބު ކުރި އިރު 2014 ގެ ޗެމްޕިއަންސް ލީގު ފައިނަލަކީ ތާރީޚުގައިވެސް އެއް ސިޓީއެއްގެ ދެ ކުލަބު ޗެމްޕިއަންސް ލީގު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. 

މި ސީޒަނުގައި ދެ ޓީމުގެ ކުޅުން

ރިއާލް މެޑްރިޑް

މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި ކުޅުނު 5 މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ރިއާލް މެޑްރިޑް ދަނީ ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓަމުންނެވެ. މުޅި ޔޫރަޕުގައިވެސް މި ސީޒަންގައި މި ރިކޯޑު އޮތް ހަމައެކަނި ޓީމަކީ ރިއާލް މެޑްރިޑް އެވެ. ފަސް މެޗުގައި މިހާތަނަށް 15 ގޯލު ޖަހާފައިވާ މި ޓީމުގެ އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބްރެޒިލްގެ ހުނަރުވެރި ތަރި ވިނީޝިއަސް ޖޫނިއަރ އެވެ.

މި މެޗަށް ކުރިމަތި ލާއިރު ރިއާލް މެޑްރިޑަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ކެޕްޓަން އަދި ދާދި ފަހުން ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފްރާންސްގެ ކަރިމް ބެންޒީމާ އިންޖަރީގައި ހުރުމެވެ. ނަމަވެސް ބެންޒީމާ މި މެޗުން ފެނިގެން ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޯޗު އެންޗެލޯޓީ ވަނީ ދާދި ފަހުން ބުނެފައެވެ. 

ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުންވެސް ދަނީ މޮޅު ކުޅުމެއް ވަނީ މި ސީޒަނުގައި މިހާތަނަށް ފެނިގެން ގޮއްސައެވެ. އެ ގޮތުން ރޮޑްރިގޯ އަދި ފޯމު އަނބުރާ ހޯދާ މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާރޑް ފާހަގަ ކޮށްލެވެއެވެ.

އެޓްލެޓިކޯ މެޑްރިޑް

އެއް މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ މި ސީޒަނުގައި މިހާރުވެސް މުހިއްމު ޕޮއިންޓް ތަކެއް ގެއްލިފައިވާ އެޓްލެޓިކޯ މެޑްރިޑް މި ވަގުތު އޮތީ ޕޮއިންޓް ޓޭބަލްގެ 7 ވަނައިގަ 10 ޕޮއިންޓާ އެކީއެވެ. ސްޕެއިންގެ ފޯރވަޑު އަލްވާރޯ މޮރާޓާ މިހާތަނަށް މި ސީޒަނުގައި 3 ގޯލު ޖަހާދީފައިވާއިރު ކުރީގެ ބާސެލޯނާ ކުޅުންތެރިޔާ އަދި އެތައް އަހަރަކު އެޓްލެޓިކޯ މެޑްރިޑަށް މޮޅު ކުޅުމެއް ދެއްކާފައިވާ ފްރާންސް ގެ ގްރިއޭޒްމަންދަނީ ކްލަބާއި އަލަށް ގުޅި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޑިފެންސިވް ފުޓުބޯޅައެއް ކުޅޭ އެޓްލެޓިކޯ މެޑްރިޑް ކޮޅަށް މި ސީޒަނުގައި ވަދެފައިވަނީ އެންމެ 4 ލަނޑެވެ. ޓީމަށް އައު ކުޅުންތެރިން ކަމުގައިވާ ބެލްޖިއަމްގެ ހުނަރުވެރި ޑިފެންސިވް މިޑްފީލްޑަރ އެކްސެލް ވިޓްސެލް އަދި ޑިފެންސްގައި ހުރެ އެޓޭކްގައި ބައިވެރި ވަމުންދާ ހަމަ އެ ގައުމުގެ ޔަންނިކް ކަރަސްކޯ ގެ ކުޅުން ޙާއްސަކޮށް ފާހަގަ ކޮށްލެވެއެވެ.  

މީޑިއާނެޓުގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް އައިސް ނެޓްވޯރކްގެ ޗެނަލްތަކުން މި ފޯރިގަދަ މެޗު ބަލާލެވޭނެއެވެ. ރޭނގަނޑުގެ ލަސް ވަގުތެއްގައި މި މެޗު ބަލާނުލެވުނަސް، މީޑިއާނެޓުގެ އެމް އެސް ޓީވީ ނުވަތަ އެމް އެސް ލައިޓް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ކެޗަޕް ފީޗަރ މެދުވެރިކޮށް ފަހުން ވެސް މި  މެޗު ބަލާލެވޭނެއެވެ. މީގެ އިތުރުން އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ކުއިކްޕޭ މެދުވެރިކޮށް ވައުޗަރ އެއް ބައްލަވައިގެން ކޮންމެ ތަނަކު ހުރެވެސް މި  މެޗު ބަލާލެވޭނެއެވެ.

Share It on

Any thoughts on our services? Your feedback will help us improve and serve you better.