ފުވައްމުލަކި ޓީވީގެ ފަރާތުން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އެޗް.އެފް.ސީ ނެޓްވޯރކް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން އަންގާ އެންގުން!
ފުވައްމުލަކި ޓީވީގެ ފަރާތުން ޏ.ފުވައްމުލަކުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމައް ބޭނުންކުރަމުން ދިޔަ އެޗް.އެފް.ސީ ނެޓްވޯކް ބޭނުންކުރުން ހުއްޓާލުމަށްވަނީ ނިންމާފައެވެ. މިއާއެކު ކުރިއަށް އޮތްތާނގައި ފުވައްމުލަކި ޓީވީގެ ޚިދުމަތް ރަށުގެ ރައްޔިތުންނަށް ދޫކުރަމުންދާނީ އުރީދޫ ޕްރައިވެޓް ލިމިޓެޑްގެ ނެޓްވޯރކް މެދުވެރިކޮށެވެ. އަޅުގަނޑުމެންނާއި އުރީދޫ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތުން ފުވައްމުލަކި ޓީވީގެ ޚިދުމަތް ބޭނުންކުރާ 90 އިންސައްތަ ކަސްޓަމަރުންވަނީ އައު ނެޓްވޯކަށް ބަދަލުކުރެވިފައެވެ. މި ބަދަލާއެކު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މާ ފުރިހަމަ ޚިދުމަތެއް ދެވޭނެ ވާހަކަ އުފަލާއެކު ދަންނަވަމެވެ.
އައު ނެޓްވޯކަކަށް ޚިދުމަތް ބަދަލްކުރަމުން މިދާ ދަނޑިވަޅުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް މެދުކަނޑާލާފައިވާ ކަސްޓަމަރުންނަށް އަލުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވެއެވެ. އެހެންކަމުން ޚިދުމަތް އަލުން ގުޅުމަށް ޚިޔާރުކުރާ ފަރާތްތަކުން ފުވައްމުލައް ސޭލްސް ސެންޓަރ ނަމްބަރު 6860900 ނުވަތަ ކޮންޓެކްޓް ސެންޓަރ ނަމްބަރު 3320800 އަށް ގުޅުއްވުން އެދެމެވެ.
އަޅުގަނޑުމެންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ޙާލު ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުދަންނަވަމެވެ.