ޔޫރަޕު ލީގު ތަކުގެ ރަސްގެފާނުންގެ ކުރިމަތިލުން ސެޕްޓެމްބަރ 6 ގައި، ފޯރިގަދަ މެޗެތައް މީޑިއާނެޓުން ފެންނާނެ
ޔޫރަޕު ލީގު ތަކުގެ އެންމެ ވަރުގަދަ ޓީމުތަށް ހިމެނިގެން ކުޅެވޭ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގު ފެށުމަށް މިވަނީ ވަރަށް ގާތްވެފައެވެ. މި އަހަރުގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 06 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހުގައެވެ. އެގޮތުން ގުރޫޕްތަށް ބެހުމަށްޓަކައި ލެވޭ ގުރުއަތު ނެގުން ކުރިއަށްދާނީ 25 އޯގަސްޓު ވާ ބުރާސްފަތި ދުވަހުގައެވެ.
މި މުބާރާތަކީ ވަރަށްވެސް ދިގު ތާރީޚެއް އޮވެ އަދި ބެލުންތެރިންގެ މެދުގައި ވަރަށްވެސް މަޤުބޫލު މުބާރާތެކެވެ. ބެލުންތެރިންގެ މެދުގައި މި މުބާރާތަށް އެހާ ޝަޢުގުވެރިކަމެއް އޮންނަނީ މަޤުބޫލު ސަބަބުތަކެެއްވެސް އޮވެގެންނެވެ. މައިގަނޑު އެއް ސަބަބަކަށް ވަނީ، މަޝްހޫރު ހުރިހާ ލީގު ތަކެއްގައި ކުޅޭ އެންމެ މޮޅެތި ޓިމުތަށް ހިމެނެގެން ކުޅެވޭ އެއް މުބާރާތަށް ވުމެވެ. ދެވަނަ ސަބަބެއް ގޮތުގައި ފާހަގަ ކުރެވެނީ އެންްމެ މަޤުބޫލު ތަރިން އެއް މުބާރާތެއްގެ ތެރެއިން ފެނިގެން ދިޔުމާއި އެކު އެ ކުޅުންތެރިންގެ ވާދަވެރިކަން މިނާ ކިރެވިގެން ދިޔުމެވެ.
މި މުބާރާތުގެ ދިގު ތާރީޚަށް ނަޒަރު ހިންގާލާއިރު އެންމެ ގިނައިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ ސްޕެއިންގެ ރިއާލް މެޑްރިޑް އެވެ. ރިއާލް މެޑްރިޑުންވަނީ ޖުމްލަ 14 ފަހުރު މި މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފު ހޯދާފައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވެސް ރިއާލް މެޑްރިޑްއެވެ. ދެވަނައަށް އެންމެ ގިނަ ތަށި ހޯދާފައިވަނީ އިޓަލީގެ އޭސީ މިލާންއެވެ. އޭސީ މިލާން މި މުބާރާތް ޖުމްލަ 7 ފަހަރު ހޯދާފައިވެއެވެ. 6 ފަހަރު މި މުބާރާތް ކާމިޔާބުކޮށްގެން ލިވަޕޫލުން މިވަނީ ކާމިޔާބީ ހަރުގެ ފަޚުރުވެރި ތިންވަނައިގައެވެ.
މި ފޯރިގަދަ މުބާރާތުގެ ދެން ފާހަގަ ކޮށްލެވޭ އިތުރު ރިކޯޑަކަށް ބަލާއިރު، މިހާތަނަށް މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހާފައިވަނީ ގިނަ ބަޔަކު ޗެމްޕިއަންސް ލީގުގެ ކިންގު ކަމުގައި ބުނަމުން އަންނަ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ޖުމްލަ 187 މެޗުން 141 ގޯލް ކާމިޔާބު ކޮށްފައެވެ. ރޮނާލްޑޯގެ ފަހަތުން މި ރިކޯޑުގެ ދެވަނައިގައި އޮތީ އާޖެންޓިނާގެ ތަރި މެސީގެ އަތުގައެވެ. އެއީ 156 މެޗުން 125 ގޯލް ކާމިޔާބު ކޮށްގެންނެވެ. 86 ގޯލް ޖަހައިގެން މި ތާވަލުގެ 3 ވަނައިގައި އޮތީ ފުރާންސުގެ ތަރި ކަރީމް ބެންޒިމާއެވެ.
ގިނަ ޒަމާންްތަކަކަށް ދިވެހިރާއްޖޭގެ ބެލުންތެރިނަށް ކުޅިވަރުގެ ފޯރިގަދަ ލީގުތަށް ދައްކަމުން އަންނަ މީޑިއާނެޓުން، މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއްވެސް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭނެއެވެ. މި މުބާރާތުގެ ކުޅޭ މެޗުތަށް ދެއްކުމަށް ހަމަޖެހިފައިވަނީ ސޮނީ ނެޓްވޯކުގެ ޗެނަލްތަކުންނެވެ.
މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލާ ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެއިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްކްރައިބްކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު އެ މެޗުތައް ބަލައިލެވޭނެއެވެ.