LOADING....!!!!!

"Emmenah Medianet" event in Colombo, November 16.

published : Tuesday, 14 Nov 2023

16 ނޮވެމަބަރުގައި ކޮލަމްބޯގައި ބާއްވާ "އެންމެނަށް މީޑިއާނެޓު" ގެ ހާއްސަ އިވެންޓާ ބެހޭ

މިއަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު "އެމް އެސް ގްލޯބަލް" ގެ ނަމުގައި މީޑިއާނެޓުންވަނީ އާ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތުގެ ދަށުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ޓީވީ އަދި ފޯނުން މީޑިއާނެޓު އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތަކާއި ވީޑިއޯ ކްލަބްގައި ހިމެނޭ ކޮންޓެން (މީޑިއާނެޓް އޮރިޖިނަލްސް ބެނާރގެ ދަށުން އުފައްދާ ދިވެހި ފިލްމާއި ސީރީޒް، ކުރީގެ ދިވެހި ފިލްމާއި ސީރީޒް، ހިންދީ، އިނގިރޭސި، ޓާރކިޝް، ކޮރެއަން ފިލްމާއި ސީރީޒް އަދި ކާރޓޫންތައް) ބެލޭނެއެވެ. ހާއްސަކޮށް ނޮވެމްބަރު 17 ވާ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާވެސް ދިމާކޮށް މި އިވެންޓު ނޮވެމްބަރު 16 ގައި ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީވެސް ދިވެހީން ބަލަން ބޭނުންވާ، ދިވެހިރާއްޖޭގައި ހިނގާ، މިފަދަ މުހިންމު ކޮންމެ އިވެންޓެއްވެސް އެއްވެސް އުނދަގޫ ކަމެއް ނެތި، ދުނިޔޭގެ ކޮންމެ ތާކު ތިބެމެ، މީޑިއާނެޓުގެ އެމް އެސް ގްލޯބަލް ސާރވިސް އިން ދިވެހި ޗެނަލްތައް މެދުވެރިކޮށް ބެލޭނެ ކަމުގެ ޔަގީންކަން އެރުވުމުވެ.

 

ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެ ދިރިއުޅުމުން އަންނަ ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓް އޮންނާނީ 16 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ދިވެހިންގެ ތެރޭގައި މަގްބޫލު، ކޮލޮމްބޯގެ "ގުރުވަ ކެފޭ" ގައެވެ. މި އިވެންޓުގައި އެމް އެސް ގްލޯބަލް ޚިދުމަތާއި ގުޅޭ މައުލޫމާތު ދިނުމާއި، ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމާއި އެމް އެސް ގްލޯބަލް ޓީވީންނާއި ފޯނުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާއިރު، އިވެންޓް ފެށޭ ގަޑިން ފަށައިގެން ހަވީރު އިވެންޓް ނިމުމާއި ހަމައަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮފީ، ސައި، ހެދިކާ އަދި ފިންގަރ ފުޑްސް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. ހުނަރުވެރި ދިވެހި ބޭންޑެއްގެ ލައިވް މިއުޒިކާއި އެކު އިވެންޓުގެ ރޭގަނޑުގެ ބައި ކުރިއަށް ދާއިރު، މި އިވެންޓްގައި އެމް އެސް ގްލޯބަލް ޚިދުމަތް ބައްލަވައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮލޮމޮބޯ-މާލެ ދެކޮޅު ޓިކެޓު އިނާމެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

 

ރަނގަޅު އިންޓަނެޓް ކަނެކްޝަނެއްގައި މީޑިއާނެޓު އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭއިރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ފޯނު ޑިވައިސްތަކަށް އިންސްޓޯލް ކުރެވޭނެއެވެ. އެމް އެސް ލައިޓް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 199 ރުފިޔާއެވެ އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74 ރުފިޔާއެވެ. މި ދެ ޚިދުމަތަށް ޚާއްސަ އަހަރީ ޕްލޭންތަކެއްވެސް މީޑިއާނެޓުންވަނީ ތަޢާރަފްކޮށްފައެވެ. މި މއަލޫމާތު މީޑިއާނެޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ރީ-ބްރޯޑްކާސްޓިންގް ކުންފުނީގެ ޙައިސިއްޔަތުން، "އެންމެނަށް މީޑިއާނެޓު" ތީމްގެ ދަށުން މީޑިއާނެޓުން އަންނަނީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހާ ދިވެހިންނަށް ފަސޭހަކަމާއެކު ދިވެހި ޗެނަލްތަކާއި އެހެނިހެން ދިވެހި ކޮންޓެންޓް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދެމުންނެވެ.

ނޮވެމްބަރު 16ގައި ކޮލަމްބޯގައި ބާއްވާ އިވެންޓަށް، ލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހިންނަށް ދައުވަތު އަރުވަމެވެ.

 

Share It on

Any thoughts on our services? Your feedback will help us improve and serve you better.