"މީޑިއާނެޓް ބޯޅަ ފިއެސްޓާ" 14 ޖުލައި ވާ ހުކުރުދުވަހު ފެށެނީ
މީޑިއާނެޓް ބޯޅަ ފިއެސްޓާގެ ނަމުގައި ފަށާ ކުޅިވަރުގެ ޚާއްސަ ކެމްޕެއިން މި ހުކުރު ދުވަހު ފެށޭނެއެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖެއާއި ބައިނަލްއަގްވާމީ ފޯރިގަދަ ދެ މުބާރާތެއް ދިވެހިންނާއި ހަމައަށް އައިސް ނެޓްވޯރކްގެ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ފެންނާނެއެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް" އަދި ދުނިޔޭގެ ތައްޓަށް ވާދަކުރާ އަންހެން ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ފީފާ ވިމެންސް ވޯރލްޑް ކަޕް" އެވެ.
14 ޖުލައި ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ބޯޅަ ފިއެސްޓާ ގެ ފުރަތަމަ އިވެންޓް ކްލަބް މޯލްޑިވްސްއެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ ތާރީޚީ ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެއެވެ. ކްލަބް މޯލްޑިވްސް ކަޕް އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ނަމުގައި މި އަހަރުގެ މުބާރާތުގައި އިތުރު ދެ މުބާރާތް ހިމެނިފައިވުމަކީ މިއަހަރުގެ މުބާރާތް އިތުރަށް ތާރީޚީ ވެގެންދާ އެއް ސަބަބެވެ. ޖުމްލަ 67 ޓީމު ވާދަކުރާ މުބާރާތުގައި މި އަހަރުވެސް ދިވެހިރާއްޖެއިން ފުޓްސަލްގައި ނަންވިދާލާ ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 25 ގައެވެ.
މީޑިއާނެޓް ބޯޅަ ފިއެސްޓާގައި ދެން ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު އަންހެން ފުޓުބޯޅަ މުބާރާތް "ފީފާ ވިމެންސް ވޯރލްޑް ކަޕް" އެވެ. 16 ޓީމު ދުނިޔޭގެ ޗެމްޕިއަނުންގެ ލަގަބު ހޯދުމަށްވާދަ ކުރާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ދިވެހިންނާއި ހިސާބަށް ވަގުތުން ފެންނާނެއެވެ. އަންހެން ފުޓުބޯޅަ އަހަރަކަށްފަހު އަހަރެއް ހަރުފަތްތައް ގިރާކުރަމުން ދާއިރު، މި މުބާރާތަކީ ފޯރިގަދަވާނެ މުބާރާތެއްކަން ޔަގީނެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވަނަ ދުވަހުއެވެ އަދި ފައިނަލް މެޗު ކުޅޭނީ އޮގަސްޓް 20 ވަނަ ދުވަހުއެވެ.
މި ދެ މުބާރާތް ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދިއުމީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށްވާނެއެވެ. މިއީ ދިވެހިރާއްޖޭގައި ކުޅެވޭ ފުޓްސަލް މުބާރާތެއްގެ ހުރިހާ މެޗެއް ވަގުތުން ޓީވީއިން ބެލޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި އަންހެން ފުޓުބޯޅައިގެ ބޮޑު މުބާރާތެއް މެޗުތައް ޓީވީއިން ބެލޭ ފުރަތަމަ ފަހަރުވެސް މެއެވެ.
ބޯޅަ ފިއެސްޓާގައި ގެނެސްދެވޭ މުބާރާތްތަކުގެ މެޗުތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ އެމް އެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެއެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއްވެސް މީޑއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފައެވެ.
އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް https://bit.ly/MS-MDN-App ޒިޔާރަތްކޮށްލެއްވުމަށްފަހު މީޑިއާނެޓު ކުއިކްޕޭ https://bit.ly/Medianet-Quickpay މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރެވޭނެއެވެ.
މީޑިއާނެޓަކީ މި އަހަރުގެ ކްލަބް މޯލްޑިވްސްގެ ބްރޯޑްކާސްޓިންގް ޕާރޓްނަރ އަދި ފީފާ ވިމެންސް ވޯރލްޑް ކަޕުގެ އޮފިޝަލް ބްރޯޑްކާސްޓަރ އެވެ.