Spanish LaLiga only on ICE!

އާ ތަރިންނާއެކު ލަލީގާގެ އާ ސީޒަން ފެށިގެން ކުރިޔައްދާއިރު, މި މުބާރާތް މީޑިއާނެޓުން
ބަލާލެވޭނެއެވެ.
ސްޕެނިޝް ލަލީގާގެ ހުރިހާ މެޗެއް މީޑިއާނެޓު ކަސްޓަމަރުންނަށް އައިސް ނެޓްވޯކުގެ ޗެނަލްތަކުން ފެންނާނެއެވެ. އަދި އެމްއެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް މެޗުތައް ބަލާލެވޭނެއެވެ.
ދުނިޔޭގެ އެންމެ ފޯރިގަދަ އެއް ފުޓުބޯޅަ ލީގު ކަމުގައިވާ ސްޕެނިޝް ލަލީގާ 13 އޮގަސްޓް ވާ ހޮނިހިރު ދުވަހު ފެށިގެންކުރިއަށް އެބަދެއެވެ. ޖުލައި މަހު ޓްރާންސްފާ މާކެޓު ހުޅުވުމާއެކު ޓީމުތަކުން ވަނީ ސްޕެއިން ފުޓުބޯޅައިގެ ތާޖު ކަށަވަރުކުރުމަށް ދުނިޔޭގެ ފެންވަރުގަ ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދުމައިގެން ވަރަށް ފޯރިއާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން ހުނަރުވެރި ކުޅުންތެރިންތަކެއް މިހާރުވަނީ ޓީމުތަކާ ގުޅި އައު ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ރޯބާޓް ލެވަންޑޯސްކީ
ޕޮލެންޑް ގައުމީ ޓިމުގެ ކެޕްޓަން އަދި ފާއިތުވި ދެ ސީޒަންގައި މުޅި ޔޫރަޕުން އެންމެ ގިނަ ގޯލުޖަހާ ރަންބޫޓު ހޯދި ލެވަންޑޯސްކީ މިފަހަރު ފެނިގެންދާނީ ސްޕެއިން ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއްޓީމު ކަމުގައިވާ ބާސެލޯނާއިންނެވެ.
ގޯލް ޖެހުމުގެ ހުނަރުން ފުރިގެންވާ ލެވަންޑޯސްކީ އުމުރުން 33 އަހަރުގައިވެސް ބާސެލޯނާއަށް ވަރަށް މުހިންމު ކުޅުންތެރިއަކަށްވާނެ ކަން ޕްރީ ސީޒަން މެޗުތަކުންވެސް ފެނިގެން ދިޔައެވެ.
އަށް އަހަރު ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުމަށްފަހު ލެވަންޑޯސްކީ ބާސެލޯނާއަށް ގުޅިފައިވާއިރު އޭނާވަނީ ފުޓުބޯޅަ
ކެރިއަރުގަ 600 އަށް ވުރެން ގިނަ ގޯލު ޖަހާފައެވެ.


